މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އިނގުރައިދޫން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން 

މި އިދާރާއިން 13 އޮކްޓޫބަރު 2015 ގައި ބާއްވާފައިވާ މިއަހަރުގެ 36 ވަނަ ކައުންސިލްގެ ބައްދަލުވުމުން ނިންމަވާފައިވާ ނިންމެވުމުގެ މަތިން، ރ. އިނގުރައިދޫން ގޯތި ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދީފަވުމާއެކު މި ރަށުން ގޯއްޗަށް އެދުމުގެ ފުރުޞަތު އާއްމުކޮށް ހުޅަވާލައިފީމެވެ.

ދޫކުރެވޭ ގޯތިތަކުގެ މަޢުލޫމާތު (އަކަފޫޓު، ގޯތީގެ ބޮޑުމިން) ދޫކުރާ ގޯތީގެ އަދަދު

1520=('38 '40) އަކަފޫޓުގެ 8 ގޯތި.

1500=('30 '50) އަކަފޫޓުގެ 25 ގޯތި.

ޖުމުލަ 33 ގޯތި

ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ޗާޓު އިޢުލާންކުރެވިފައިވާނެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ނެގުމާއި ބަލައިގަތުން:

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައި ވަނީ 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުން ފެށިގެން 24 ފެބުރުއަރީ 2016 ވާ ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށެވެ.
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 01 މާރިޗު 2016 ވާ އަންގާރަ ދުވަހުން ފެށިގެން 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރ. އިނގުރައިދޫ ކައުންސިލުގެ އިދާރާއިންނެވެ. ފޯމު ހުށަހަޅާއިރު ހުށަހަޅަން ވާނީ ފޯމުގެ އަސްލެވެ. ފޯމު ބަލައިގަތުމުގައި ފޯމުގެ ކޮޕީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވީމެވެ.

ފޯމު ނެގުމާއި ފޯމު ފުރުމުގައި ގޯއްޗަށް އެދޭ މީހުންގެ ހުންނަންވާ ތިރީގައި ބަޔާންކުރައްވާފައިވާ ޝަރުޠުތައް ފުރިހަމަވާ މީހުން ފޯމު ފުރުމަށް ސަމާލުވުމަށް އެދި ދެންނެވީމެވެ.

ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 21 އަހަރުވެފައިވާ މީހަކަށްވުން.
  3. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން.
  5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މި ފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތިވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.
  6. ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހެއްކަމުގައިވުން.
  7. ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކައިފައި ނުވުން.
  8. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެން އޮތް ނަމަ އެތަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  9. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެ ބިމަކީ ވަކި ޢިމާރާތްކޮށްފައި ނުވަތަ ވަކި ޢިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެ ތަން ކަނޑައެޅިފައިވާ އުސޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން (މިގޮތުން ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީ ކޮށްދެވޭނީ ތަރިކައިން ލިބެން އޮތް ގޯތި ނުވަތަ ލިބެން އޮތް ބައި ސަރުކާރަށް ދޫކޮށްލުމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)
  10. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެން ނެތުން.
  11. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެން ނެތުން.

ނޯޓު:

- މީގެ އިތުރުން ގޯތި ދޫކުރުމާބެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެކުލަވައިލާ ކޮމެޓީއަށް ފެނިއްޖެ ހާލެއްގައި އިތުރު ޝަރުޠު ކަނޑައެޅިދާނެއެވެ.

- ގޯތި ލިބޭ 33 މީހުންގެ ލިސްޓުގެ ތެރެއަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެ ދެމީހުންގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެ ދެމީހުންގެ މެދުގައި ވާހަކަދައްކައިގެންނެވެ. ދެ މީހުންނަށް ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށް ލިބޭގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސް ނުވެއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.

- ފޯމު ހުށަހަޅާ ފަރާތުގެ ރަށްވެހިކަމާއި، އުމުރާއި އަދި ކައިވެނީގެ މުއްދަތު ބަލާނީ އެ މީހަކު ފޯމު ހުށަހަޅާ މީލާދީ ތާރީޚާ ހަމައަށެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ގޯއްޗަށް އެދޭ މީހާގެ އައިޑެންޓިޓީ ކާޑު ނުވަތަ އައިޑެންޓިޓީކާޑު ނަންބަރާއި އުފަން ތާރީޚު އެނގޭ ފަދަ ރަސްމީ ލިއުމެއްގެ އަސްލާއި ކޮޕީ.

   (ގޯއްޗަށް އެދޭ މީހާ ރަށުން ބޭރުގައި ވުމުގެ ސަބަބުން މިފަދަ ލިއުމެއްގެ އަސްލު ހުށަހެޅެން ނެތްނަމަ މިފަދަ ލިއުމެއްގެ ކޮޕީ ގަބޫލު ކުރެވިދާނެއެވެ).

  • ރަށްވެހިކަން ބަދަލުވެފައިވާނަމަ އެކަން އެނގޭނެ ރަސްމީ ލިއުމެއްގެ ކޮޕީ.
  • ގޯއްޗަށް އެދޭ މީހާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ކައިވެނީގެ ސެޓްފިކެޓް ކޮޕީ.
  • ގޯއްޗަށް އެދޭ މީހާއަކީ ކައިވެނިކޮށް، ވަރިކޮށްފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓް ކޮޕީ.

ނޯޓު:  ގޯއްޗަށް އެދޭ މީހާގެ ބަދަލުގައި އަންނަ މީހަކީ ގޯއްޗަށް އެދޭފަރާތުގެ މަޢުލޫމާތު ދެވޭވަރުގެ މީހަކަށް ވާންވާނެވެ.

ގޯތި ލިބޭ ފަރާތް ކަނޑައެޅުމުގެ މަސައްކަތް ގެންދާނެ ގޮތް

  • ޝަރުޠު ފުރިހަމަވާ މީހުން ކަނޑައެޅުން.
  • ޝަރުޠު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މިންގަޑުން ޕޮއިންޓް ދިނުން. (ޕޮއިންޓް ދިނުމުގެ އުސޫލު އާންމުކުރެވިފައި)
  • މި ބުރުގައި ގޯތިދޫކުރާ އަދަދަށް މީހުން ނެގުމަށްޓަކައި، 50 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތު ލައިގެން  ގޯތި ލިބޭ 33 ފަރާތް ހޮވާނީއެވެ. އަދި މި 33 ފަރާތުގެ މެދުގައި ގުރުއަތުލައިގެން 1520 އަކަފޫޓު ހަމަވާ 8 ގޯތި ލިބޭ ފަރާތްތައް ހޮވާނީއެވެ.
  • ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުތައް ހަމަވާ މީހުންނަށް ޕޮއިންޓް ދީ، ގޯތި ލިބޭ މީހުން ކަނޑައަޅާނީ އެ ރަށަކުން ގޯތި ދިނުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ހޮވާފައިވާ ކޮމެޓީންނެވެ.
  • ގޯތި ލިބޭ 33 މީހުންގެ ލިސްޓުގެ ތެރެއަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެ ދެމީހުންގެ ތެރެއިން އެންމެމަތީ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެ ދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމީހުންނަށް ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށް ލިބޭގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސް ނުވެއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.

އިތުރު މަޢުލޫމާތު

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާނަމަ ފޯމު ބާޠިލު ކުރެވޭނެއެވެ. އެފަދަ ސަބަބަކާހުރެ ފޯމު ބާޠިލު ކުރަންޖެހޭ ނަމަ ބާޠިލުކުރަންޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން ފޯމު ހުށަހެޅި ފަރާތަށް އެންގޭނެއެވެ.
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތި ދޫކުރެވިފައިވަނީ ފޯމުގައި ހިމަނާފައިވާ ނުބައި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓްގެ މައްޗަށް ކަމަށް ސާބިތުވެއްޖެނަމަ، އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ. ވަކިކުރެވޭއިރު އެ ބިމުގައި ޢިމާރާތެއް ކޮށްފައިވާނަމަ، އެ ޢިމާރާތަކަށް ބަދަލުދިނުމުގެ ކަންކަން ގެންދާނީ ޝަރީޢަތް މެދުވެރިކޮށެވެ.
  • ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުހަމަވާ މީހުންނަށް ޕޮއިންޓް ދީ ޕޮއިންޓް ލިބޭ މީހުން ކަނޑައަޅާނީ އިނގުރައިދޫގެ ބިމުން ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް ހޮވާފައިވާ ކޮމެޓީންނެވެ.
  • ފޯމުހަށަހަޅާ ފަރާތުގެ ރަށްވެހިކަމާއި އުމުރާއި އަދި ކައިވެނީގެ މުއްދަތު ބަލާނީ ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން، އެމީހަކު ފޯމު ހުށަހެޅި ތާރީޚާ ހަމައަށެވެ.
  • ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚުގެ ފަހުންވެސް ތިރީގައިވާ ހާލަތަކަށް ބަދަލެއް އައިސްފައިވާނަމަ، ޕޮއިންޓް ދިނުމުގައި އަދި ގޯތި ދިނުމުގައި އެ ހާލަތަކަށް ރިޢާޔަތް ކުރެވޭނެއެވެ. އަދި މިއިން ކަމަކާ ގުޅިގެން ފޯމު ހުށަހަޅާ މީހާގައި ހުންނަންވާ ޝަރުޠެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯމު ބާޠިލުވާނެއެވެ.

ހ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ހުށަހަޅާފައިވާ މީހާ ނިޔާވުން.

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމް ގެއްލުން، ނުވަތަ ހަލާކު ވެއްޖެނަމަ މި އިދާރާއަށް ވަޑައިގަތުމުން އިތުރު ފޯމެއް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580028 ނަންބަރު ފޯނާ ގުޅުއްވާ މަޢުލުމާތު ސާފުކުރެއްވުމަށް އެދި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ރަބީޢުލްއާޚިރު 1437

13 ޖަނަވަރީ 2016
ހޯދާ