ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ސްކޫލް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ސްކޫލް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

2016 ން 2017 އަށް މި ސްކޫލުގެ ސްކޫލް ބޯޑަށް 5 މެންބަރުން އިންތިޚާބު ކުރަން ބޭނުންވެއެވެ.

ޝަރުޠުތައް:

  • ސްކޫލުގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ނުވަތަ ބަލަދު ވެރިޔަކު ކަމުގައިވުން.
  • ސްކޫލް ބޯޑުގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  • ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެފަދަ ހުކުމަކަށް ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ 5 އަހަރުވެފައިވާ މީހަކުކަމުގައިވުން.
  • ދިވެހިބަހުން ލިޔަންކިޔަން އެނގުން
  • ސްކޫލުގެ މުވައްޒަފަކަށް ނުވުން.
  • އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކު ކަމުގައިވުން.

މެންބަރުން އިންތިޚާބު ކުރާނެ ގޮތް:

5 މެންބަރުންނަށްވުރެ މަދުން މީހުން ކުރިމަތިލައިފިނަމަ، ކުރިމަތިލީ މީހުން ވޯޓުލުމަކާ ނުލައި އިންތިޚާބުވީއެވެ. 5 މެންބަރުންނަށް ވުރެ އިތުރަށް މީހުން ކުރިމަތިލައިފިނަމަ، އެ މީހުންގެ ތެރެއިން 5 މެންބަރުން އިންތިޚާބުކުރާނީ ބެލެނިވެރިންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބެލެނިވެރިން 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބޯޑު މެންބަރުކަމަށް އެދޭ ފޯމު ފުރުއްވުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމާއެކު ކުރިމަތިލައްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ބޯޑު މެންބަރުކަމަށް އެދޭފޯމު ރަސްމީގަޑީގައި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.

14 ޖަނަވަރީ 2016
ހޯދާ