ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީންގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ

އިޢުލާން

 ޤާރީންގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ

ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތާ ބެހޭ އެންމެހައި ކަންތައްތައް ކުރުމަކީ މި މަރުކަޒުގެ މަސައްކަތަކަށް ވާތީ، ރާއްޖޭގެ ޤާރީންގެ ދަފުތަރެއް އެކަލަވައިލުމުގެ މަސައްކަތް މި މަރުކަޒުން ފަށަން ގަސްތު ކުރާ ވާހަކަ ދަންނަވަމެވެ. ރާއްޖޭގެ ޤާރީންގެ ދަފުތަރުގައި ރަޖިސްޓަރީކޮށް ދިނުމަށް ހަމަޖެހިފައިވަނީ މި އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޤާރީންނާއި ޤާރިޢާއިންނެވެ.

1- ދިވެހިރާއްޖޭގެ ރައްޔިތަކު ކަމުގައިވުން.

2- ލެވެލް 4 (އެޑްވާންސްޑް) ފެންވަރުގެ ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ޤާރީ ސެޓްފިކެޓެއް ނުވަތަ ޤުރްއާން މުދައްރިސް ކަމުގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

3- އަބުރާއި ޝަރަފު ގެއްލޭ ފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހެއް ކަމުގައި ނުވުން.

4- މަރްކަޒުން ބާއްވާ ޤުރްއާން ކިޔެވުމުގެ ޝަފަވީ އިމްތިޙާނަކުން ފާސްވުން.

ވީމާ، މި ދަފުތަރުގައި ރަޖިސްޓަރީ ކުރައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރާ ފޯމު 10 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 9 އެޕްރީލް 2016 ވަނަ ދުވަހުގެ 13.30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016
ހޯދާ