މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް ދައްކާ ފަރާތްތަކަށް އެހީވުމާބެހޭ

އިޢުލާން

ކުދި ވިޔަފާރިތަކުގެ 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމަށް،  މި އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް މީރާގެ ޓީމުތައް ރާއްޖޭގެ ސިޓީ ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާ ޤާއިމުވެފައިވާ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކުގައި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މާލެ ފިޔަވައި އެހެން ރަށްރަށުގައި ޤާއިމުވެ އަދި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ވީހާވެސް އަވަހަކަށް ނަން ނޯޓުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.

27 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016
ހޯދާ