ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ހައިޕަރ-ޗޮންވާރޖްޑް އިންފްރާސްޓްރަކްޗަރ އެޕްލަޔަންސް ސޮލިއުޝަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ       

މި ޑިޕާޓްމަންޓުގެ ބޭނުމަށް "ހައިޕަރ-ޗޮންވާރޖްޑް އިންފްރާސްޓްރަކްޗަރ އެޕްލަޔަންސް ސޮލިއުޝަން" (Hyper-Converged Infrastructure Appliance Solution) އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 7 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓްގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 12 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

18 ރަބީޢުލްއައްވަލް 1437

29 ޑިސެންބަރު 2015
ހޯދާ