ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ގުރޭޑް:

7

ދާއިރާ:

ލޯ

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

މޯލްޑިވިސް  ކޮލިފިކޭޝަން  އޮތޯރިޓީގެ  ލެވެލް  9  ގެ  ސަނަދެއް،  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއިން ހާސިލުކޮށްފައިވުން ނުވަތަ އެލް. އެލް. އެމް. ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ޓޭބަލްކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވާރކްލޯޑް ޕޮލިސީއާއެއްގޮތަށް ނެގުން.

2. ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.

3. ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނުގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުން. އެސައިންމަންޓް އާއި އިމްތިޙާން ކަރުދާސްތައް ހަދާ މާކްސްތައް ތައްޔާރުކުރުން.

4. ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.

5. ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި، ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

(ހ) އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.

(ށ) ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

(ނ) މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި،  ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް ސާފުކޮށް ނިންމުން.

(ރ) ޕާޓްޓައިމް ލެކްޗަރަރއިން ދެއްވާ މާއްދާތަކާއި އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް ސާފުކޮށް ނިންމުން.

(ބ) ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.

(ޅ) ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.

(ކ) ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

5. ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތަށް ފަސްނުޖެހޭ ޕްރޮފެޝަނަލް ރޫޙެއްގައި މަސައްކަތްކުރުން.

6. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.

7. ކޯސް ކޯޑިނޭޓްކުރުމާއި މާއްދާ ކޯޑިނޭޓްކުރުން.

8. ފެކަލްޓީއާއި ޑިޕާޓްމަންޓްގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުން.

9. މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ ކަންތައްތައް ކުރުން.

ތަޢުލީމީ ހަރަކާތްތައް:

1. އައު އެކަޑެމިކް ޕްރޮގްރާމްތައް ފެށުމަށާއި، އައުކުރުމަށާއި، ބަދަލުކުރުމަށާއި، އުވާލުމަށް ކުރަންޖެހޭ ކަންތައްތަކުގައި މެނޭޖްމަންޓަށް އެހީތެރިވެދިނުން.

2. ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި، ހަރުދަނާ އެކަޑެމިކް ސްޓޭންޑަރޑްތައް ތަނުގައި ޤާއިމުކުރުމަށް މަސައްކަތްކުރުން.

3. ކޯސްތަކުގައި ކިޔަވައިދިނުން.

4. ފެކަލްޓީގެ ތަޢުލީމީ އަދި ދަރިވަރުންނަށްދޭ އެކަޑެމިކް އެހީއާބެހޭ ޕްރޮގްރާމް ތަރައްޤީކޮށް، ހިންގާ ޕްރޮމޯޓްކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވެދިނުން.

5. މާއްދާތައް ކިޔަވައިދޭނޭ މުދައްރިސުން ހޯދުމުގައި އެހީވުމާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި އިމްތިޙާނުތައް ހިންގުން.

6. ދަރިވަރުންގެ ރެކޯޑުތައް ބަލަހައްޓަމުންދާ ތަންތަނުގައި، އެ ރެކޯޑުތައް ހުރީ ހަމައަށްތޯއާއި ތެދަށްތޯ ކަށަވަރުކުރުން.

7. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން.

8. ތަނާގުޅޭ ރިސާރޗް ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
  • އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015
ހޯދާ