މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކުންފުނީގެ އަހަރީ ރިޕޯޓު ހުށަހެޅުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމާ ބެހޭ ގަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު) ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓު މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަން ޖެހެއެވެ. އަދި މި އަހަރީ ރިޕޯޓު ހުށަހަޅުއްވާފައި ނުވާނަމަ އެ ކުންފުންޏަށް ދީފައިވާ ހުއްދަ ބާޠިލު ކުރެވޭނެއެވެ. މިގޮތުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު 31 ޖަނަވަރީ 2016 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އެހެންކަމުން 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު 31 ޖަނަވަރީ 2016 ގެ ކުރިން ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލު ވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ. އަދި ދަންނަވަމެވެ. 2015 ގައި އަލަށް ރަޖިސްޓަރީކުރެވިފައިވާ ޓްރެވަލް އެޖެންސީތަކުން މި އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

20 ރަބީޢުލްއައްވަލް 1437

31 ޑިސެންބަރު 2015
ހޯދާ