ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ހަމަޖެއްސި ޝަރުޠުތައް

އިޢުލާން

2016 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

1- 1 މޭ 2014 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމުލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެ ތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

  • މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސް.
  • ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސް.
  • އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީއާއި ޖޯގްރަފީ. އާރޓްސް ސްޓްރީމުގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިން ނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.

2- އަޚުލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ ސްކޫލް ލީވިންގ ސެޓްފިކެޓުގައިވާ ދަރިވަރުގެ އަޚުލާޤާ ބެހޭ ބައިގައިވާ މަޢުލޫމާތަށާއި، މި ސެންޓަރުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދޭ އަޚުލާޤީ ރިޕޯޓުތަކުގެ މައްޗަށެވެ.

3- 2016 ވަނަ އަހަރުގެ ޖޫން މަހުގެ 1 އަށް 19 އަހަރު ފުރިފައިނުވުން.

4- ކައިވެންޏެއް ކޮށްފައިނުވުން.

5- މީގެ ކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ނުވުން.

މި ސެންޓަރުން މި އަހަރު ޖާގަ ދެވޭނީ 450 އާއި 480 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުންނަށެވެ. 480 ކުދިންނަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯމު ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެއެވެ. މި ނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ "އޯލެވެލް ނެޝަނަލް ޓޮޕްޓެން" އަށް ހޮވުމުގައި ބޭނުންކުރެވޭ މިންގަނޑެވެ. އެއީ ކޮންމެ "އޭ" ގްރޭޑަކަށް 12 ޕޮއިންޓް، "ބީ" ގްރޭޑަކަށް 9 ޕޮއިންޓް އަދި "ސީ" ގްރޭޑަކަށް 7 ޕޮއިންޓް ބޭނުންކޮށްގެން ދިވެހި، އިސްލާމް، އިގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު 4 މާއްދާ ހިމަނައިގެން ޖުމުލަ 8 މާއްދާއަށް ލިބޭ ސްކޯރއަށް ބަލައިގެންނެވެ.

2016 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް އެދޭ ފޯމު ދޫކުރާނީ 17 ޖަނަވަރީ 2016 އިން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9.00 ން 13.30 އަށެވެ. މި މުއްދަތުގައި އެޕްލިކޭޝަން ފޯމު މި ސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1) ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ އެޓެސްޓެޑް ކޮޕީ ނުވަތަ ސްކޫލް ސްޓޭމްޕް ޖަހާފައި.

2) ސްކޫލް ލީވިންގް ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ ނުވަތަ ސްކޫލް ސްޓޭމްޕް ޖަހާފައި.

3) ނޭޝަނަލް އައިޑީ ކާޑުގެ ކޮޕީ.

އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 11 ފެބުރުވަރީ 2016 ގެ 13.30 ގެ ނިޔަލަށެވެ.

ރީޗެކްގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް ރީޗެކަށްފަހު ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ 11 ފެބްރުވަރީ 2016 ގެކުރިން މި ސެންޓަރަށް ވަނުމަށް އެދޭ ފޯމާއެކު ރީޗެކަށް ހުށަހަޅާކަން ސިޓީއަކުން އަންގަން ވާނެއެވެ. މިގޮތަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ކުދީންގެ ރީޗެކް ނަތީޖާ ލިބުމުން ޝަރުޠު ފުރިހަމަވާނަމަ، ރީޗެކުގެ ނަތީޖާ ދޫކުރަން ފަށާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި މި ސެންޓަރަށް އެ ނަތީޖާ ހުށަހަޅަން ވާނެއެވެ.

2016 ގައި މި ސެންޓަރަށް ވަދެވޭ ދަރިވަރުންގެ ލިސްޓު 21 ފެބުރުވަރީ 2016 ގައި މި ސެންޓަރުގެ ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. އަދި މި ކުދިންނަށް ސްކޫލް ފެށުމަށް ހަމަޖެހިފައިވަނީ 6 މާރިޗު 2016 ގައެވެ.

16 ރަބީޢުލްއައްވަލް 1437

16 ޑިސެންބަރު 2015
ހޯދާ