ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އެސޯސިއޭޝަންގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ: -/4،000 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

ޖީސީ އީ/ އައި. ޖީ. ސީ. އެސް. އީ އޯ ލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" (އިނގެރޭސި ހިމަނައިގެން) ލިބިިފައިވުމާއެކު، އެސް. އެސް. ސީ. ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން. އޮފީސް މެނޭޖްމެންޓް ތަޖުރިބާ ހުންނަ އަދި ކޮމްޕިއުޓަރ ބޭސިކް، މައިކްރޯ ސޮފްޓް އޮފީސް އެނގުން. މީގެ އިތުރުން، މޮޓޯރ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ސީ.ވީ އާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕޮލިސް ރިޕޯޓާއި، އެކްރެޑިކްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މި އެސޯސިއޭޝަންގެ އޮފީހަށް ފޮނުވުން އެދެމެވެ. އީމެއިލް ކުރާނީ، [email protected] އަށެެވެ.

9 ރަބީޢުލްއައްޥަލް 1437

20 ޑިސެންބަރު 2015
ހޯދާ