މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބެނުންވެއްޖެއެވެ.

މަޤާމް

ރިލީފް ޓީޗަރ

ބޭނުންވާ އަދަދު

 2 (ދޭއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން

ފ. މަގޫދޫ ސްކޫލް

ރަށް

ފ. މަގޫދޫ

މަޤާމުގެ ޝަރުޠު

މަޤާމު

ރޭންކު

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

TSO1

ޓީޗިންގ ސާރވިސް

އޮފިސަރ ގްރޭޑް 1

- ގްރޭޑް: 7 ނިންމާފައިވާ ރިލީފް ޓީޗަރ.

-/3100

-/1000

- ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ރިލީފް ޓީޗަރ.

-/3565

-/1500

- ސާނަވީ  ތަޢުލީމު  ހާސިލުކޮށް،  ދިވެހި  މާއްދާއާއެކު އިތުރު  ދެ  މާއްދާއިން  ފާސްވެފައިވާ  ރިލީފް  ޓީޗަރ.

-/4000

-/1500

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 1

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ހާސިލުކޮށްފައިވުން.

-/5020

-/2500

MS1

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 2

- ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ސެޓްފިކެޓް ހާސިލުކޮށްފައިވުން.

-/5610

ގްރެޖްއޭޓް ޓީޗަރ

MS2

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 3

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލުކޮށްފައިވުން.

-/6290

-/2500

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

-/7035

-/2500

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން.

- ލެސަންޕްލޭން ތައްޔާރުކުރުން.

- ސްކީމް ތައްޔާރުކުރުން.

- ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށްހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވަވައިދިނުން.

2- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެ ތަކެތި އުނގަންނައިދީ، އެ ކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

3- ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ދެއްކުން.

4- ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމުން.

5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން.

7- ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކުކުރުން.

8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ކުރިއެރުވުން.

9- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން.

10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން.

12- ކުލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި، ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚްލާޤާށް ސަމާލުކަން ދިނުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން.

13- ލީޑިންގ ޓީޗަރުން އަންގާގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރިކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން.

14- ކިޔައވައިދޭ ސެސަނުގެ ކުލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން.

15- މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް / ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލްކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.

16- ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލުން.

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުން.

18- ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވައިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހައި ގަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު

އިންޓަވިއު އޮންނާނީ، 2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހު ފ. މަގޫދޫ ސްކޫލުގައެވެ.

އެހެނިހެން ޢިނާޔަތްތައް

- ވަޒީފާޔާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ގަވައިދުގައިވާގޮތުގެމަތިން، ހަމަޖެހިފައިވާ އުޞޫލުން، ޓާރމް ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީއާއި، ސަލާމުގެ ޗުއްޓީފަދަ ޗުއްޓީތައް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އިންޓަވިއު ކުރުމަށްފަހު، މަޤާމަށް ހޮވޭނީ މެރިޓް އުޞޫލުން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތެކެވެ.

ސުންގަޑި

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މަގޫދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރެވި، ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

- ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- ސިވިލްސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނުކުރާކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިއުން.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ލިއުން (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަށް ކުރިމަތިލާނަމަ، މި ލިއުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

އިތުރު މަޢުލޫމާތު: ހޯއްދެވުމަށް

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7952912 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6740591 އެވެ. މެއިލް އެޑްރެހަކީ، [email protected]އެވެ.

17 ރަބީޢުލްއައްޥަލް 1437

28 ޑިސެންބަރު 2015
ހޯދާ