މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން

އިޢުލާން

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

11 ރަބީޢުލްއައްވަލް 1437

22 ޑިސެންބަރު 2015
ހޯދާ