އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ 8 ޕާޓީ އުވާލުން

އިޢުލާނު

ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ފަދައިން އެ ޕާޓީއެއްގައި ހިމެނޭ ޞައްޙަ މެންބަރުންގެ އަދަދު 3000 (ތިން ހާސް) މެންބަރުންނަށްވުރެ މަދުވާނަމަ އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ ހަމަކުރުމުގެ ފުރުޞަތު އެ ޕާޓީއަކަށް ދިނުމަށް ޤާނޫނުގައި ބަޔާންކުރާ ހިނދުގައާއި، މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕާޓީއަކުން ހުށަހަޅާފައިވާ ނަންތަކުގެ ޞައްޙަކަން ކޮމިޝަނުން ބަލާއިރު، އެ ޕާޓީއެއްގައި ހިމެނޭ ޞައްޙަ މެންބަރުންގެ އަދަދު 3000 (ތިންހާސް) މެންބަރުންނަށްވުރެ މަދުވާނަމަ އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ ހަމަކުރުމުގެ ފުރުޞަތު އެ ޕާޓީއަކަށް ދިނުމަށް ޤާނޫނުގައި ބަޔާންކުރާ ހިނދު، އެ ޕާޓީތަކަށް އެ މާއްދާގައި ބަޔާންކޮށްފައިވާ 3000 (ތިންހާސް) މެންބަރުންގެ އަދަދު ހަމަކުރުމަށް 3 މަސްދުވަހުގެ ނޯޓިސްއެއް ދީ އެ ނޯޓިސްގެ މުއްދަތުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން އެ ޕާޓީތަކަށް ހަމަކުރެވިފައި ނުވާތީ ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ތިރީގައި ދަންނަވާ ސިޔާސީ ޕާޓީތައް މިއަދުން ފެށިގެން (20 ޑިސެންބަރު 2015) ވީ އާދީއްތަ ދުވަހު ކޮމިޝަނުން ވަނީ އުވާލާފައެވެ.

  1. އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ
  2. ދިވެހިރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ
  3. ސޯޝަލް ލިބަރަލް ޕާޓީ
  4. ޕީޕަލްސް ޕާޓީ
  5. މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް
  6. ޕީޕަލްސް އެލަޔަންސް
  7. މޯލްޑިވިއަން ލޭބަރ ޕާޓީ
  8. ދިވެހި ޤައުމީ ޕާޓީ

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

9 ރަބީޢުލްއައްވަލް 1437       

20 ޑިސެންބަރު 2015
ހޯދާ