ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކާޕެންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ކާޕެންޓަރ

ޑިޕާޓްމަންޓް: ސިވިލް އެންޑް ޕަބްލިކް ވާރކް ސަރވިސަސް

ޝެކްޝަން: ބިލްޑިންގ މެއިންޓެނަންސް އެންޑް މޮނިޓަރރިންގ

އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ގްރޭޑް 8 ގެ ފެންވަރު ހުރުމާއެކު ކާޕެންޓްރީ / ވަޑާމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- މިކޯޕަރޭޝަންގެ ބިލްޑިންގ މެއިންޓެނަންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން. ޚާއްޞަކޮށް މަރާމާތުގައި އެކުލެވޭ ވަޑާމުގެ މަސައްކަތްތައް ކުރުން.

- ވަޑާންކުރުމަށް ބޭނުންވާނެ އާލާތްތައް ހަމައަށް ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.

- މެއިންޓެނަންސް މައްސަލަތައް ވެރިންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުން.

- މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓެނަންސް ޓީމު އަދި ސުޕަވައިޒަރަށް އެއްބާރުލުންދީ އެހީތެރިވެދިނުން.

- މެއިންޓެނަންސްއަށް ބޭނުންވާ އާލާތްތައް އެއްތަނުން އަނެއްތަނަށް އުފުލުން.

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން

- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: -/4980ރ (އެލަވަންސްތަކާއެކު މަދުވެގެން -/11340ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާއަށް މުވައްޒަފެއް ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރުދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރުދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                  3ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                              ނުވަތަ                   ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                    ފޯނު: 3353535   

ފެކްސް: 3335892                                                  ފެކްސް: 3358892

21 ޑިސެންބަރު 2015
ހޯދާ