ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންނަށް ފާޚާނާއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ހދ. ހިރިމަރަދޫ ސްކޫލުގެ ޕްރީސްކޫލް ދަރިވަރުންނަށް ފާޚާނާއެއް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ ތިންވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހިރިމަރަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 ޑިސެންބަރު 2015 (ހޯމަ) ދުވަހުގެ 10:00 އަށް

17 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.

03 ޑިސެންބަރު 2015
ހޯދާ