ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެ ރަޖިސްޓަރީ ގެއްލިގެން

އިޢުލާން

މި ދަންނަވާ ގޭގެރަޖިސްޓަރީ ގެއްލިގެން އެ ރަށުގެ ރަށުކައުންސިލްގެ އިދާރާއަށް ވަނީ ހުށައަޅާފައެވެ.

ވީމާ، މި ރަޖިސްޓަރީތަކާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށުގެ ރަށުކައުންސިލްގެ އިދާރާއަށް 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އަންގަވައިދެއްވުން އެދެމެވެ.

ހއ. އިހަވަންދޫ " އެރޯމާ " އަށް ހަދައިދީފައިވާ ޢިމާރާތާއި ގޯތީގެރަޖިސްޓަރީ

ހއ. އިހަވަންދޫ " ކުރި " އަށް ހަދައިދީފައިވާ ގޯތީގެރަޖިސްޓަރީ

ހއ. މުރައިދޫ " ދެކުނުގެ " އަށް ހަދައިދީފައިވާ ޢިމާރާތާއި ގޯތީގެރަޖިސްޓަރީ

ހއ. އިހަވަންދޫ " ބިންމަތީގެ " އަށް ހަދައިދީފައިވާ ގޯތީގެރަޖިސްޓަރީ

ހއ. މާރަންދޫ " ދީފްރަމްގެ " އަށް ހަދައިދީފައިވާ ޢިމާރާތާއި ގޯތީގެރަޖިސްޓަރީ

 11 ޞަފަރު 1437 

23 ނޮވެންބަރު 2015
ހޯދާ