މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވެބްސައިޓް އިތުރަށް ހަރުދަނާ ކުރުމަށާއި، އެއްގަމާއި ކަނޑުގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސޮފްޓްވެއަރތައް ތައްޔާރުކޮށް މެއިންޓެއިންކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ ވެބްސައިޓް އިތުރަށް ހަރުދަނާ ކުރުމަށާއި، އެއްގަމާއި ކަނޑުގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސޮފްޓްވެއަރތައް ތައްޔާރުކޮށް މެއިންޓެއިންކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)202-A/1/2015/136)ފ(02 ނޮވެންބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވުމާއެކު، ދެންނެވިދިޔަ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

10 ޞަފަރު 1437   

22 ނޮވެންބަރު 2015
ހޯދާ