ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ތަށިމުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ވިލިނގިލި/ޖުޑީޝަލް ޓްރެއިނިންގ ސެންޓަރުގައި ޖަހާފައިހުރި ތަށިމުށިތައް ނެއްޓިފައިވާތީ، އެތަކެތި ނައްޓައި އަލުން ތަށިމުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ޑިޕާޓްމަންޓުން ކުރި ފުރަތަމަ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ މި މަސައްކަތަށް އަގު ހުށަހެޅުއްވުމަށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

މަސައްކަތުގެ މަޢުލޫމާތުޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 24 ނޮވެންބަރު 2015 ވާ އަންގާރަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 26 ނޮވެންބަރު 2015

އަންދާސީހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

06 ޞަފަރު 1437 

18 ނޮވެންބަރު 2015
ހޯދާ