ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

 

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ފައިނޭންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 އިނާޔަތްތައް

-/12,000 ރ އާއި -/17,000  ރ އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2.  އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު،  އެކައުންޓްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެކައުންޓްސްގެ މަސައްކަތާ  ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު،  އެކައުންޓްސްގެ މަސައްކަތާ  ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ ދުވަހުން ދުވަހަށް އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތްތަކަށް ހަވާލުކުރުން.
  2. އެކިއެކި ފަންޑުތަކާ ބެހޭ ހިސާބުތައް ގަވާއިދުން ބަލަހައްޓައި ރިޕޯޓުތައް ތައްޔާރު ކުރުން.
  3. އަދި  ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުން.
  4. ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓްގެ ދުވަހުން ދުވަހަށް ރިކޯޑް ބެލެހެއްޓުމައި،  ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތައް ތަޔާރުކުރުން. އަދި ގަވާއިދުން ފައިނޭންޝަލް އިންފޮމޭޝަން އަޕްޑޭޓްކުރުން.
  5. ކޯޕަރޭޝަންއިން ހިންގާ އެންމެހައި ޕްރޮގްރާމް ތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް ކަނޑައަޅާފައިވް ބަޖެޓްތަކުގެ ތެރޭގައި ކުރިއަށް ގެންދާކަން ޔަގީންކުރުން.
  6. ކޯޕަރޭޝަންގައި ޢަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްސްތަކަކީ ފައިސާގެ މުއާމަލާތްތަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ބާރުއަޅާ ކޮންޓްރޯލްތަކެއްކަން ޔަގީންކުރުން.
  7. އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަރޑްތަކާއި، އާންމުކޮށް ގަބޫލުކުރާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތް ފައިސާގެ ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރުން.
  8. ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެއްމެހައި މަޢުލޫމާތުތަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  9. ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓްތައްޔާރުކޮށް ޕްލޭން ކުރުމުގައި އެހީތެރިވެދިނުން.
  10. ފައިނޭންސް ޑިޕާޓްމަންޓްން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓުތައް ދުވަހުން ދުވަހަށް ނިންމުން.
  11. މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  •   ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށްބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 25 ނޮވެންބަރު 2015 އާއި 28 ނޮވެންބަރު 2015 އާއި ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮންނާނެއެވެ.

07 ޞަފަރު 1437  

19 ނޮވެންބަރު 2015
ހޯދާ