ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޮޖެސްޓިކް އެންޑް މެއިންޓަނަސް އޮފިސަރ

 

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ލޮޖެސްޓިކް އެންޑް މެއިންޓަނަސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

-/12,000 ރ އާއި  -/17,000 ރ އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް އެޑްމިނިސްްޓްރޭޝަންގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލޮޖިސްޓިކް އެންޑް މެއިންޓެނަންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިންގުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުން.
  2. ކޯޕަރޭޝަންގެ އިންވެންޓަރީ ސިސްޓަމް ރާވައި ހިންގުމާއި ރިޕޯޓުތައް ތައްޔާރު ކުރުން.
  3. ލޮޖިސްޓިކް އެންޑް މެއިންޓެނަންސް ޑިޕާރޓްމަންޓް ކަޑައަޅާފައިވާ ގޮތެއްގެމަތިން ދަތުރުފަތުރުގެ ނިޒާމް ރާވާ ހިންގުން.
  4. ވެހިކަލްތައް މަރާމާތުކުރުމަށް ބޭނުންވާ ޝެޑިއުލް ހެދުމާ މެއިންޓެނަންސް ގުޅުންހުރި މަސައްކަތެއްކުރުން.
  5. ކޯޕަރޭޝަންއަށް ބޭނުންވާ މުދަލާއި ހިދުމަތް ކަޑައަޅާއިފައިވާ އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ހޯދުން.
  6. ކޯޕަރޭޝަންއަށް ހޯދާ މުދާ ލިބިގަތުމާ، ގުދަންކުރުމާ، ދޫކުރުމުގެ އެންމަހައިކަންކަން ރާވައި ހިންގުމުގެ އެހީތެރިވުން.
  7. ކޯޕަރޭޝަންގެ ހިންގުން އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ހިދުމާއި ވަސީލަތްތައް ދިރާސާކުރުން.
  8. ލޮޖިސްޓިކް އެންޑް މެއިންޓެނަންސް ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށް ރިކޯޑު ބެލެހެއްޓުމައި،  ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތައް ތަޔާރުކުރުން.
  9. ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެއްމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  10. މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަސައްކަތާއި ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  •   ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ  ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 25 ނޮވެންބަރު 2015 ވާ ބުދަ  ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 26 ނޮވެންބަރު 2015 އާއި 30 ނޮވެންބަރު 2015 އާ ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮންނާނެއެވެ.

 30  މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ