ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
4 ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ހދ. ކުޅުދުއްފުށީ ސަރަޙައްދީ އޮފީސް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި 4 ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަސައްކަތުގެ މަޢުލޫމާތުޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 23 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 23 ނޮވެންބަރު 2015

އަންދާސީހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު

މި ޑިޕާޓްމަންޓްގެ ނަންބަރު: E/2015/98-ފ198 (04 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލު ކުރެވިފައިވާވާހަކަ ދެންނެވީމެވެ.

04 ޞަފަރު 1437 

16 ނޮވެންބަރު 2015
ހޯދާ