މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ސިވިލް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސިވިލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/3،470 ރުފިޔާ

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު: -/1,000 ރުފިޔާ

އިތުރު ޢިނާޔަތްތައް

- ނޮން-ޕްރެކްޓިސް އެލަވަންސްގެގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠު:

- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  ޖީ. ސީ. އީ.  އޯ-ލެވެލް އިމްތިޙާނުގައި 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު،  އެސް. އެސް. ސީ. އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން،

- އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ  ތަކެތި  ބޭނުންކުރުން،  ނުވަތަ  މަސްތުވާ  ތަކެތީގެ  ވިޔަފާރިކުރުން،  އަދި  ޚިޔާނާތްފަދަ  ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

- މީލާދީގޮތުން 18 އަހަރު ފުރިފައިވުން،

- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކުކަމުގައި ނުވުން.

މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:

މާލެ

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ،

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރެކޯޑް ބަލާ ފޯމް،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

 

 

ސުންގަޑި:

- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި،  ވަޒީފާއަށް  އެދޭ  ފަރާތްތަކުގެ  ކުށުގެ  ރެކޯޑް  ބަލާ  ފޯމް  ފުރިހަމަކުރުމަށްފަހު،  ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ނޮވެންބަރު 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. 

- މި  މަޤާމަށް  އެދި  ހުށަހަޅާ  ފޯމުތައް  ބަލައިގަންނާނީ،  ރަސްމީ  ބަންދު  ނޫން  ކޮންމެ  ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

 

 

ނޯޓް:

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުން ލިބެން ހުންނާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުން (www.police.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. 

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

4 ޞަފަރު 1437

16 ނޮވެންބަރު 2015
ހޯދާ