މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޢިމާރާތް މަރާމާތުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ސ.ހިތަދޫ ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2015 ނޮވެންބަރު 12 ވަނަ ދުވަހުން ފެށިގެން 2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ، ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ސ.ހިތަދޫގައިނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންފޮތެއްގެ އަގަކީ -/500ރ ( ފަސްސަތޭކަަ ރުފިޔާ ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މާލޭގައިނަމަ މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި ސ.ހިތަދޫގައިނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ، ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ސ.ހިތަދޫގައިނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2015 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ، ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ސ.ހިތަދޫގައިނަމަ، ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  5. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
09 ނޮވެންބަރު 2015
ހޯދާ