ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ފޯރުކޮށްދެމުންދާ ޚިދްމަތްތަށް ދިނުމަށްޓަކައި 2500-3000 އަކަފޫޓުގެ ޖާގަ (ފްލޯ ސްޕޭސް) ހުރި އެޕާޓްމަންޓެއް (މަދުވެގެން 5 ކްލާސް ރޫމާއި، އިދާރީ ބައެއް ނެގޭގޮތަށްހުރި) ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހު 11.00 އަށް ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ދުވަހު ހާޒިރު ނުވާ ފަރާތްތަކުގެ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11.00 ގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ.

                               20 މުޙައްރަމް 1437            

02 ނޮވެންބަރު 2015
ހޯދާ