މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

މި ކުންފުންޏަށް ސ.ހިތަދޫ އިން އޮފީސް އިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 ނޮވެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި ކުންފުނީގެ ސ.ހިތަދޫ ޕޯސްޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 15 ނޮވެންބަރު 2015 ވަނަ ދުވަހުގެ 14:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ސ.ހިތަދޫ

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާ ބެހޭ ތަފުސީލު

  • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • ޢިމާރާތުގެ ކުލި ބަޔާން ކުރުން
  • ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
  • ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު: %20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

 23 މުޙައްރަމް 1436

05 ނޮވެންބަރު 2015
ހޯދާ