ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއްކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

2016 ވަނަ އަހަރު މި ސުކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށް، ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

  • 3 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)  
  • ސިޓިންގ ރޫމް (ފަރުނީޗަރާއެކު)
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން

މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި ސުކޫލް އޮފީހަށް ވަޑައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުގެ ބަޖެޓްސެކްޝަނުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، ގެއެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން، މަޢުލޫމާތު ފޯމު އަދި ކުއްޔަށް ދެއްވާ ތަނުގެ ގޯތީގެ ބޮޑުމިނާއި ޢިމާރާތުގެ މިންތައް އެނގޭނެ ޢިމާރާތުގެ ކުރެހުމަކާއި، މަޢުލޫމާތު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:30ގެ ކުރިން ސްކޫލަށް ހުށަހެޅުއްވުން އެދި މިކަން އާންމުކޮށް އިޢުލާނު ކުރަމެވެ.

19 މުޙައްރަމް 1437

01 ނޮވެންބަރު 2015
ހޯދާ