އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ތިރީގައި މިދަންނަވާ ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

މިއެޖެންސީގެ ނަންބަރު IUL) 203-PROREC/1/2015/40) (ތާރީޚު: 18 އޮކްޓޫބަރު 2015) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ބިޑް ހުށަހެޅިފައިނުވާތީ އަލުން އިޢުލާން ކުރުން.

ބޭނުންވާ ތާރީޚް : 15.11.2015 އިން 28.11.2015 އަށް. 

ދަތުރުގެ ތަފުސީލު: މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޅ،ނ،ރ، އަދި ބ. އަތޮޅަށެވެ. މި ދަތުރުގައި މުޅިއެކު 10 މުވައްޒަފުން ބައިވެރިވާނެއެވެ.

ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޑައިވް ސައިޓުތަކާއި ރަށްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި އޮންނަ މަޢުލޫމާތުދޭ ބައްދަލުވުމުގައި ދެވޭނެއެވެ.

ޝަރުތު: މިދަރުގައި ޑައިވް ކުރުމަށް ހަމަޖެހިފައިވުމުން ޑައިވް ދޯންޏަކާއި ޑިންގީއެއް އޮންނަންވާނެއެވެ. އަދި މި އުޅަނދުގައި މަދުވެގެން 6 ކޮޓަރި ހުންނަން ވާނެއެވެ. އަދި ތިން އިރުގެ ކެއުމާއި ބުއިން ލިބިދޭންޖެހޭނެއެވެ. މީގެ އިތުރުން ޑައިވިންގް ޓޭންކްތަކަށް ވައި އެޅޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ވާނެ އެވެ.

ވީމާ، މި ދަތުރު ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 5 ނޮވެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް (އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، ގްރީން ބިލްޑިންގގެ ދިއްގާ މާލަމަށް) ވަޑައިގެން މަޢުލޫމާތު ހޯއްދެވުމަށްފަހު 9 ނޮވެންބަރު 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3335949 އަށް ގުޅުއްވުން އެދެމެވެ.

                                16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ