ދިވެހިރާއްޖެ
މި ކުންފުންޏަށް 9000 މެޓްރިކް ޓަނު ހަނޑޫ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކުންފުންޏަށް 9000 މެޓްރިކް ޓަނުގެ ހަނޑޫ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤުވާމީ ފެންވަރުގައި ހަނޑޫ ފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތަށް:
ބާވަތް: އައި އާރް – 64 ޕާބޮއިލްޑް ނޮން ބާސްމަތީ ރައިސް (IR-64 Parboiled Non- Basmati Rice) އެވެ.
ބީލަން ކަރުދާސް ހުޅުވާލެވޭ ބާވަތަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އޮސްޓްރޭލިއާ، ކެނެޑާ، ތުރުކީ، ޕާކިސްތާން، އިންޑިއާ ރިޕަބްލިކް އޮފް އިންޑޮނޭޝިއާ، ތައިލެންޑް، މެލޭޝިއާ، ރިޕަބްލިކް އޮފް ޕިލިޕިންސް، ރިޕަބްލިކް އޮފް ސިންގަޕޯރ، ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާ، ޔޫރަޕްގެ އެހެނިހެން ޤައުމުތަކާއި ސައުތު އެމެރިކާގެ ޤައުމުތަކުގައި ހައްދާފައިވާ ހަނޑޫ (IR-64 Parboiled Non-Basmati Rice) އެވެ.
ޝިޕްމަންޓްގެ ތާވަލު އަދި ޖުމުލަ އަދަދު:
މުދާ ފޯރުކޮށްދޭން ވާނީ ބައިބަޔަށް މި ކުންފުނިން އެދިލައްވާ ތާވަލެއްގެ ދަށުން 9000 މެޓްރިކް ޓަން ގެނެސް ޚަލާޞްވަންދެނެވެ.
ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:
ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސި ބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2015 ނޮވެމްބަރު 18 ވާ ދުވަހުގެ ދިހައެއްޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ -/150 އެމެރިކާ ޑޮލަރް، ނުވަތަ އެއާ އެއްފަދަ ދިވެހި ރުފިޔާއިން މި ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިޔާސް ޗެކްއަދި ޑައިރެކްޓް ޑިޕޮސިޓް (މި ކުންފުނީގެ އެޗް.އެސް.ބީ.ސީ އެކައުންޓް ނަންބަރު 200 005999 103ސްވިފްޓް ކޯޑް HSBCMVMV ) އެވެ. ނަގުދު ފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެސްއަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2015 ނޮވެމްބަރު 25 ވަނަ ދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.
ސުވާލާއި ޖަވާބު
ބީލަން ކަރުދާސް ބައްލަވައިގަތުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޑިސެންބަރު 02 ވާ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައި ގަނެފައިވާ ފަރާތްތަކަށްް ޖަވާބުދާރީ ވެވޭނެއެވެ.
ބީލަން ކަރުދާސް ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 15 ވާ ދުވަހު ހެނދުނު އެގާރަ ގަޑި ސުންމިނެޓް (11:00) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހެޑްއޮފީހުގެ ކޮންފަރެންސް ރޫމްގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.
ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ.
އެޑްރެސް: ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 224 44 33 960+ 960/ 333 44 33 960+
ފެކްސް: 633 44 33 960+
ކޮންޓެކްޓް ކުރަންޖެހޭ ފަރާތް: އަޙްމަދު ނާޝިދު
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.
ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)