މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ހޯލެއް ކުއްޔަށް ހިފުމަށް

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި އަތޮޅުތެރޭގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންނަށް އަމާޒުކޮށްގެން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންނާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް ބޭއްވުމަށްޓަކައި ހޯލެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL) 459-A/1/2015/97 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 4 ނޮވެންބަރު 2015 ވާ ހޯމަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

6 މުޙައްރަމް 1437  

22 އޮކްޓޫބަރު 2015
ހޯދާ