މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރުގެ ޝީޓުތަކާއި ސަތަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަނޑު އުޅަނދުފަހަރުގެ ޝީޓުތަކާއި ސަތަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2015 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2015 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރ (ސަތޭކަރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ނޮވެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

4. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

5. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

26 އޮކްޓޫބަރު 2015
ހޯދާ