މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޢިމާރާތް މަރާމާތުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެގެން ކުރި ނަންބަރު H3(PU)/IUL/2015/132-ފ171 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2015 އޮކްޓޫބަރު 19 ވަނަ ދުވަހުން ފެށިގެން 2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ. ބީލަން ފޮތެއްގެ އަގަކީ -/400ރ ( ހަތަރު ސަތޭކަަ ރުފިޔާ ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މާލޭގައިނަމަ މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2015 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 11:00 ގައި މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައި ނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  5. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
15 އޮކްޓޫބަރު 2015
ހޯދާ