މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު H3(PU)/IUL/2015/132-ފ171 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2015 އޮކްޓޫބަރު 11 ވަނަ ދުވަހުން ފެށިގެން 2015 އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މާލޭގައިނަމަ، އިސްކަންދަރުކޮށި 01 ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ. ބީލަން ފޮތެއްގެ އަގަކީ -/400ރ ( ހަތަރުސަތޭކަަ ރުފިޔާ ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މާލެގައިނަމަ މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މާލޭގައިނަމަ، އިސްކަންދަރު ކޮށި 01 ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ 11:00 މާލޭގައިނަމަ، އިސްކަންދަރުކޮށި 01 ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ހދ.ކުޅުދުއްފުށީގައިނަމަ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  5. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
05 އޮކްޓޫބަރު 2015
ހޯދާ