ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

 

 

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ ޢަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: MS2

އަސާސީ މުސާރަ: -/6،295ރ

ސަރވިސް އެލަވަންސް: -/2،000ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

މަޤާމުގެ ޝަރުތުތައް:

 

 

 

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • ލޯކަލް ގަވަރމަންޓް އޮތޯރިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ އެކި އެކި މަޝްރޫޢުތަކުގެ މަސައްކަތްތައް ސެކްޝަން ހެޑުގެ އިރުޝާދުގެ ދަށުންކޮށް ބެލެހެއްޓުން.
  • މީހުން ބިނާކުރުމާއި އިޖްތިމާޢީ މަޝްރޫޢުތަކަށް އެކުލަވާލެވޭ ޕްރޮޖެކްޓްތައް އެކުލަވާލުމުގެ މަސައްކަތްކުރުން.
  • ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  • ޕްރޮޖެކްޓްތައް ހިނގާ ނުހިނގާ ގޮތްބަލައި ވަޒަންކުރުން.
  • ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު ލިބޭ މައުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުމަށް ލަފާދިނުން.
  • ޕްރޮޖެކްޓްތަކާގުޅިގެން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ ކަރުދާސް ތައްޔާރުކުރުން.
  • ބީއޯކިއު ހެދުމާއި، ކުރެހުންތައް ހުންނަނީ ފަންނީ އަދި ޤާނޫނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން

 

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3000 (ތިންހާސް) ރުފިޔާ ދެވޭނެއެވެ. 

 

މިމަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތައް،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
  • ވަޒީފާގެ މަސްއޫލިއްޔަތާގުޅޭ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެވެ.

މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: MS1

އަސާސީ މުސާރަ: -/5,610 ރ

ސަރވިސް އެލަވަންސް: -/2،000ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • އޮފީހަށް / ޝެކްޝަނަށް އަންނަ ލިޔުންތަކާއި ސިޓީ، އަދި އީ. މެއިލް ފަދަ ތަކެތި އެންޓްރީކުރުވައި އެތަކެތީގެ ތެރެއިން ސެކްޝަނުން ފިޅަވަޅު އަޅައި ޖަވާބު ދޭންޖެހޭ ސިޓީ އަދި ފެކްސްފަދަ ތަކެއްޗަށް ޖަވާބު ދިނުން
  • ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  • ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އެހީތެރިވުން
  • ހެދިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން
  • ހަވާލުކުރެވޭ މަސައްކަތްތަކާގުޅޭ ޑާޓާ ބޭސް އެކުލަވާލައި ބެލެހެއްޓުމާއި، އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތުތައް ބެލެހެއްޓުން
  • މިނޫންވެސް އޮފީހުން ހަވާލުކުރާ، އޮފީހާ ގުޅުންހުރި ރަސްމީ މަސައްކަތްތައް ކުރުން

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު     -/3,000 (ތިންހާސް) ރުފިޔާ ލިބޭނެއެވެ. 

މިމަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތައް،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
  • ވަޒީފާގެ މަސްއޫލިއްޔަތާގުޅޭ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް
  • ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު: 2 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ: -/5,020 ރ

ސަރވިސް އެލަވަންސް: -/1,500 ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ ޝަރުތުތައް:

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  •  ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމާގުޅޭ ދާއިރީއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މި އޮތޯރިޓީގެ އިދާރީ މަސައްކަތްތައް ކުރުން.
  • އޮފީހަށް އަންނަ ފޯން ކޯލު، ސިޓީ، ފެކްސް އަދި އީ. މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅު އަޅައި ޖަވާބު ދޭން ޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުން.
  • އޮފީސް ހުޅުވައި ލެއްޕުން.
  • އޮފީހުން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  •  ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,000 (ތިންހާސް) ރުފިޔާ ލިބޭނެއެވެ. 

 

މިމަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތައް،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
  • ވަޒީފާގެ މަސްއޫލިއްޔަތާގުޅޭ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ، ނުވަތަ މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 14:00 ށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެޓޯލް ޕޯސްޓް ބިލްޑިން، ފުރަތަމަ ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާ އެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013124، 3006724 ން ސާފުވާނެއެވެ.
06 އޮކްޓޫބަރު 2015
ހޯދާ