ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މި ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ބަޖެޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ތ. އަތޮޅު ހޮސްޕިޓަލް، ތ. ވޭމަންޑޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެކައުންޓްސް އެންޑް ފައިނޭންސް ޔުނިޓުގައި އިސްކޮށް ޙަރަކާތްތެރިވެ މަސައްކަތްކުރުން.
  2. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބަލައި ސްޕަވައިޒްކުރުމާއި އެމުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.
  3. ބަޖެޓާބެހޭ ފައިސާގެ އެކައުންޓް ބެލެހެއްޓުމާއި ރިޕޯޓު ފޮނުވުމާއި ރިކޯޑު ބެލެހެއްޓުން.
  4. ތިޖޫރީއާއި ތިޖޫރީގައި ބަހައްޓާފައިސާގެ ހިސާބުތައް ބެލެހެއްޓުން.
  5. މުވައްޒަފުންގެ މުސާރަޝީޓު ހެދުމާއި މުސާރަ ގަވާއިދުން ދިނުން.
  6. ހޮސްޕިޓަލްގެ ޚަރަދަށް ބޭނުންވާ ފައިސާއަށް އެދުމާއި ބިލްތަކަށް ފައިސާ ދެއްކުން.
  7. ބަޖެޓާބެހޭ ފައިސާއާއި ބަޖެޓާނުބެހޭ ފައިސާގެ ހުއްދަ ދެއްވާ ޗެކްކުރުމާއި، ފައިސާގެ ބިލް ޗެކްކޮށް، ދަށުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވައި މަސައްކަތްކުރުވުން.
  8. ލިބޭފައިސާއާއި ޚަރަދުކުރާ އެންމެހާ ފައިސާއެއްގެ ހިސާބުތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  9. ބަޖެޓާބެހޭ އެކައުންޓުގެ ތަފުސީލު ގަވާއިދުން ބެލެހެއްޓުން.
  10. މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާއާއި އެކިއެކި އެލަވަންސަށް ދޭންޖެހޭ ފައިސާގެ ރިޕޯޓުތައް ޗެކްކޮށް، ފައިސާ ދިނުން.
  11. ލަފާކުރާ ބަޖެޓް ހަމަޖެހިފައިވާ އުސޫލުން ތައްޔާރުކޮށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

1- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު- ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

18 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި ހޮސްޕިޓަލަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ނޮވެންބަރުމަހުގައި، ތ.އަތޮޅު ހޮސްޕިޓަލްގައި

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6780057 އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވލް ސާރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިހޮސްޕިޓަލްގެ އޮފީސްބައިން ލިބެން ހުންނާނެއެވެ.

30 ސެޕްޓެންބަރު 2015
ހޯދާ