ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

މި ސްކޫލުގެ ނަންބަރު: GS55/IU/2015/13ފ(30 ޖުލައި 2015) އިޢުލާނުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީން (7 ޖުލައި 2015 ގައި) ފާސްކުރައްވާފައިވާ މަޤާމުތަކުގެ އަސާސީ ޝަރުޠުތަކުގެ ދާއިރާ ހިމެނިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެމަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު: ޕްރިންޓަރ

ބޭނުންވާ އަދަދު:     1

މަޤާމުގެ ދާއިރާ: އިންފޮރމޭޝަން ޓެކުނޮލޮޖީ

ރޭންކް: އެސް.އެސް 3 (ސަޕޯޓް ސުޓާފު 3)

މަޤާމުގެ މުސާރަ: -/3875 ރުފިޔާ 

މަޤާމުގެ ގިންތި: ދާއިމީ

ސަރވިސް: ސަޕޯޓް ސްޓާފް

ސާވިސް އެލަވަންސް: -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކިނބިދޫ ސްކޫލް / ތ. ކިނބިދޫ

އެހެނިހެން އިނާޔަތްތައް: އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

01. ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓްނެގުމާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން (ޓެސްޓާ ގުޅުންހުރި ލިޔުމެއްނަމަ އެ ފެންނަންޖެހޭ ފަރާތް ނޫން އެހެން ފަރާތްތަކަށް ނުފެންނާނޭހެން ބެހެއްޓުން)

02. ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލުކޮށް ބެލެހެއްޓުން.

03. ޕްރިންޓް ކުރުމަށް ބޭނުންވާާ ކަރުދާސް ދެލި ފަދަ ތަކެތި ދުރާލައި ހޯދުން.

04. ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން.

05. ޕްރިންޓިންގރޫމް ސާފުކުރުވައި ތަރުތީބުކޮށް ބެލެހެއްޓުން.

06. ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން.

07. އިދާރީ އެހެންމުވައްޒަފުން ހާޒިރުނުވާ ޙާލަތްތަކާއި އަދި އެހެން ޙާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރެއްވުން.

08. ކޮންމެދުވަހެއްގެ ޕްރޮގުރާމް ތައްޔާރުކޮށް ނޯޓިސްބޯޑުތަކަށް ނެރުން

09. އޮފީސްތެރެ ތަރުތީބު ކުރުން.

10. ސްކޫލް އޮފީހަށް އެކި އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙުތިރާމްކުރަން ވާނެއެވެ.

11. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވާންވާނެއެވެ.

12. ސްކޫލުގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.

13. ސްކޫލުގެ އެއްވެސް ސިއްރެއް އެއްވެސް ފަރާތަކަށް ހާމަ ކުރުމަކީ މުޅިން މަނާ ކަމެކެވެ.

14. ސްކޫލުގައި އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާއި އެކަށީގެންނުވާ ކަމެއް ފެނިއްޖެނަމަ ވަގުތުން ސްކޫލުގެ ވެރިންނަށް އަންގަން ވާނެއެވެ.

15. ދަރިވަރުންނާއި މުދައްރިސުންނާ ވާހަކަދެއްކުމުގައި އަދަބުވެރިކަމަށް ސަމާލުކަން ދޭންވާނެއެވެ.

16. މުވައްޒަފުންގެ ގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ޙަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭންވާނެއެވެ.

17. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭންގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.

18. އޮފީހުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ވާނެއެވެ.

20. އަބަދުވެސް ހެދުންއެޅުމުގައި ސާފުތާހިރުވުން އިސްކުރަންވާނެއެވެ. އަދި ރަސްމީގަޑީގައި ރަސްމީ ކޮށް ހުންނަން ވާނެއެވެ.

21. މުވައްޒަފުންކުރާ މަސައްކަތްތަކުގައި އެހީތެރިކަން ދޭން ވާނެއެވެ.

22. އެކަކު އަނެކަކަށް އެހީތެރިވުމަކީ މަސައްކަތްތަކަށް ފަސޭހަ ވުމާއި އަވަސްވާނެކަމެއް ކަމަށް ބަލައި އެކަންކަން އިސްކުރަންވާނެއެވެ.

23. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން

24. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ ޢާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ފެންވަރު ނުވަތަ ޝަރުޠު

  1. މަޤާމަށް ބޭނުންވާ ލައިސެންސެއް/ ސަނަދެއް/ތަމްރީނެއް/ހުއްދައެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އިންފޮރމޭޝަން ޓެކުނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓް ކުރެވިފައިވާ ކޮޕީ )

3- ވަޒީފަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް     

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއެކު )

5- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު. (މި ލިޔުންތަކުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ. )

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި

11 އޮކުޓޫބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކިނބިދޫ ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6780095 ފޯނާ ގުޅުއްވުމުން އެމަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ.

30 ސެޕްޓެންބަރު 2015
ހޯދާ