މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޖިމް އިންސްޓްރަކްޓަރ ކޯސް 3

މި އިޢުލާންވަނީ 28 ސެޕްޓެންބަރު 2015 14:45 ގައި ބާތިލް ކުރެވިފައެވެ.


ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު
 

ކޯހުގެ ނަން:

ޖިމް އިންސްޓްރަކްޓަރ ކޯސް 03

ޖާގައިގެ އަދަދު:

14

ކޯސް ހިންގާ ފަރާތާއި ޤައުމު:

ޕޮލިސް އެކަޑަމީ / މޯލްޑިވްސް ޕޮލިސް ސަރވިސް /  ދިވެހިރާއްޖެ

ކޯހުގެ މުއްދަތު: 10 ހަފްތާ

ކޯސް ފެށޭ ތާރީޚު:

2015 އޮކްޓޫބަރ 15

ޝަރުޠު:

- އަސާސީ ތަޢުލީމު (ގްރޭޑް 7) ފުރިހަމަ ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

- 16 އަހަރުން މަތީގެ ފަރާތެއް ކަމުގައިވުން.

އިތުރު މަޢުލޫމާތު:

- މި ކޯހަށް މީހުން ހޮވުމުގައި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އަދި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި:

މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުން ކޯހަށް އެދި ހުށަހަޅާ ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ނެގިތާ 3 މަސް ހަމަނުވާ ޕާސްޕޯޓް ސައިޒް 2 ފޮޓޯއާއެކު، 2015 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ.

               3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ