ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމު:       

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ސެކްޝަން

އައި.ޓީ ސެކްޝަން

ބޭނުންވާ އަދަދު:

01  ( އެކެއް )

ރޭންކް:                

MS 1

މަޤާމުގެ  ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު GS4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޓުގެ މައްސަލަތަކުގެ ތާވަލުތަކާއި ކޯޓުގެ ނިންމުންތައް ވެބްސައިޓްގައި ޝާއިޢުކުރުމުގައާއި އަދި ކޯޓުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑް ކުރުމުގައި މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  2. ކޯޓުގެ ވެބްސައިޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  3. ޑޭޓާބޭސް އަދި އިންޓްރަރ ނެޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން
  4. ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް މެއިންޓެއިން ކުރުން
  5. ސޮފްޓްވެއަރ މެއިންޓެއިން ކުރުން.
  6. ކޯޓުގެ ކޮމްޕިއުޓަރތަކާއި އެއާގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  7. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.
  8. މީގެ އިތުރުން ވެރިން އަންގަވާ އޮފީހުގެ ރަސްމީމަސައްކަތް ކުރުމާއި، ނުރަސްމީގަޑީގައި ވެސް ވެރިން އަންގަވާ ރަސްމީމަސައްކަތް ކުރުން.

މުސާރަ:

-/5610 ރ. (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަވަންސްތަކާއި އިނާޔަތްތައް: 

ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރ (ދެހާސްރުފިޔާ) އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުން ޖުޑިޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާގެ ދެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓުފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީއެވެ.
  2. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިޔުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  7. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން
  8. ވަޒީފާ އަދާކުރައްވާ ފަރާތެއްކަމުގައިވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
  • ކޯސް ނިމި ސެޓުފިކެޓު ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިޔުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ކޯހެއް ކަމާއި، އެކޯހުގެ ސެޓުފިކެޓު ލިބުމުން އެފަރާތެއްގެ ސެޓުފިކެޓު ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުމަކާއެކު ހުށަހެޅުއްވުން.
  • ޕޮއިންޓް ދެވޭގޮތް:

     - ލިބިފައިވާ ތަޢުލީމާއި ތަމްރީން %40

     - ލިބިފައިވާ ތަޖުރިބާ % 08

     - ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު ( ޓެސްޓާއެކު ) %40

     - މަސައްކަތުގެ ފެންވަރު ބެލުން (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) % 07

     - މުވައްޒަފުގެ ހާޒިރީ (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

     - މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

ނޯޓު: މަތީގައިވާ މަޤާމުތަކަށް އިންޓަރވިއު އާއި ޓެސްޓަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސުންގަޑި: 05 އޮކްޓޫބަރު 2015 ގެ 14:00

ވަޒީފާއަށް އެދި ފުރިހަމަކުރައްވަންޖެހޭ ފޯމު ހައިކޯޓުގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3325029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

04 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ