ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު

މިއެސޯސިއޭޝަނަށް ތިރީގައި ބަޔާންކޮށްފައިވާ ވަޒީފާތަކަށް މީހުންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ވަޒީފާއަށް އެދި ސިޓީހުށަހެޅުއްވުން އެދެމެވެ.

މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާ އަދާކުރަންޖެހޭ ތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މާލެ

ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން އިނގިރޭސި ހިމެނޭގޮތަށް މަދުވެގެން 2 ސީ ފާސް ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މިއެސޯސިއޭޝަނަށް އަންނަ އަދި މިއެސޯސިއޭޝަނުން ފޮނުވާ ލިޔެކިޔުންތައް ބެލެހެއްޓުން.
  • މިއެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • މިއެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތައް އޮގަނައިޒްކޮށް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މިއެސޯސިއޭޝަނުގެ މެމްބަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  • މިއެސޯސިއޭޝަނުގެ ފަރާތުން އެކި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.
  • މަސައްކަތްކުރަން ޖެހޭ ގަޑިތައް: ސަރުކާރުގެ ރަސްމީ ގަޑިތައް
  • މުސާރަ: ކޮންމެ މީލާދީ މަހަކު 4000.00 (ހަތަރުހާސް) ރުފިޔާ
  • ޗުއްޓީއާއި ލީވްގެ ދުވަސްތައް: ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީ ދުވަސްތަކާއި ލީވްތައް ހަމަޖައްސަވައި ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • އައިޑީކާރޑްގެ ކޮޕީ
  • ތައުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ސީވީ

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

  • ކޮންޕިއުޓަރ ބޭނުންކުރުމަށް އަހުލުވެރިވުން.
  • ފެތުމުގެ ދާއިރާއިން ނުވަތަ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތައް.

އިތުރު އިނާޔަތްތައް:

  • މިއެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި ޚަރަކާތްތެރި ވާނަމަ، އެކަމަށް ކަނޑައެޅިފައިވާ އެލަވަންސްތައް ހަމަޖައްސައި ދެވޭނެއެވެ.
  • ކުޅިވަރާއި ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޢުލީމު އުނގެނުމަށާއި، ޓްރެއިނިންގ ތަކަށް މިއެސޯސިއޭޝަނަށް ލިބޭ އެކި އެކި ފުރުޞަތުތަކަށް ނަންހުށަހެޅުމުގައި މިއެސޯސިއޭޝަނުގެ މުއައްޒަފުންނަށް އިސްކަންދެވޭނެއެވެ.
31 އޮގަސްޓް 2015
ހޯދާ