ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
2015 ވަނަ އަހަރަށް ޤުރުއާން ކުލާސްތަކަށް އެހީދިނުމާބެހޭ

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓަރީކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކަށް 2015 ވަނަ އަހަރަށް އެހީދިނުމަށް ހަމަޖެހިފައިވާތީ އެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އެހީ ދޫކުރާނީ މިކަމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅާ ޤުރުއާން ކްލާސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބޭ 25 (ފަންސަވީސް) ކުލާހަކަށެވެ.

އެހީއަށް އެދޭފޯމު އަދި ޤުރުއާން ކްލާސްތަކަށް އެހީދޭ އުސޫލު 3 ސެޕްޓެންބަރު 2015 އިން ފެށިގެން މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އެހީއަށް އެދޭފޯމު ބަލައިގަތުން އޮންނާނީ 20 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

                  15 ޛުލްޤަޢިދާ 1436       

30 އޮގަސްޓް 2015
ހޯދާ