މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވާރކިންގ ޑްރެސް ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ފުލުހުންގެ ވާރކިންގ ޑްރެސް ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2015 އޮގަސްޓު 31 ވާ ހޯމަ ދުވަހުން ފެށިގެން 2015 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ސެޕްޓެންބަރު 06 ވާ އާދީއްތަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  5. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

11 ޛުލްޤަޢިދާ 1436

 

26 އޮގަސްޓް 2015
ހޯދާ