މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕެޓްރޯލާއި ޑީސެލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ތ.އަތޮޅުގައި ބޭނުންކުރާ ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުސޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

16 އޮގަސްޓް 2015
ހޯދާ