މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސާރވޭ ސްޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

ސާރވޭ ސްޕަވައިޒަރ

މުސާރައާއި އިނާޔަތްތައް

ދުވާލަކަށް -/350 ރުފިޔާ އަދި މީގެ އިތުރުން މަސައްކަތުގެ ގޮތުން ދޭންޖެހޭ  އެހެނިހެން އިނާޔަތްތައް ދެވޭނެވާހަކަ ދަންނަވަމެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ ، އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 16/2015

ބޭނުންވާ އަދަދު

14

ބޭނުންވާ މުއްދަތު

8 މަސްދުވަސް.

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް

  1. ތަފާތު މިޒާޖުގެ ބޭފުޅުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރުން.
  2. އިނގިރޭސި އަދި ދިވެހިބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމުގެ ހުނަރު ލިބިފައިވުން.
  3. އިސްނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތް ސާރވޭގެ އެންމެހާ ކަންތައްތައް ދެނެގަނެ، ސާރވޭގެ މެއިން ފީލްޑްގެ ކުރިން ސާރވޭގެ ކޯޑިނޭޝަން ޓީމާއެކު މަސައްކަތް ކޮށް ސުވާލުދާރުންގެ (އެނިއުމެރޭޓަރސް) އެންމެހާ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުން ރާވައި ހިންގުން. (ދަތުރުފަތުރު، ހުރުން އަދި ކެއުން ބުއިމުގެ އެންމެހާ ކަންތައް ސާރވޭގެ މައިއޮފީހާ ގުޅިގެން އިންތިޒާމު ހަމަޖެއްސުން)

2- ސުވާލުދާރުން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅައި، މަސައްކަތްތައް ފުރިހަމަކަމާއި އަދި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްކޮށް އަދި މަސައްކަތްތައް ހަމަހަމަ ގޮތެއްގައި ސުވާލުދާރުންގެ މެދުގައި ބެހުން.

ނޯޓު: (ސާރވޭގެ ޕްރީޓެސްޓް ތެރެއިންނާއި ސާރވޭގެ މެއިންފީލްޑްގެ ޓްރެއިނިންގ ތެރެއިން ސްޕަވައިޒަރުންނާއި ސުވާލުދާރުން ސާރވޭގައި މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެގޮތުގެ ފުރިހަމަ މަޢުލޫމާތު ލިބިގެންދާނެ ވާހަކަ ދަންނަވަމެވެ.)

3- ސުވާލުދާރުންގެ މަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުން.

4- ސާރވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މަސައްކަތްތައް ނިމޭވަރު ކޮންމެ ދުވަހަކު ސާރވޭގެ މައިއޮފީހާ ހިއްސާކުރުން.

5- ސާރވޭގެ ތެރެއިން ދިމާވާ މައްސަލަތައް ވަގުތުން ހައްލުކުރުމާއި އަދި ވަގުތުން ހައްލުނުކުރެވޭވަރުގެ މައްސަލަތައް ސާރވޭގެ މައިއޮފީހާ ގުޅިގެން ހައްލުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތަކުގެ އެޓެސްޓް ކޮށްފައިވާ ފޮޓޯކޮޕީ.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި: 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

13 އޮގަސްޓް 2015
ހޯދާ