ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތް 2015

ސަރުކާރު އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތް 2015

ސަރުކާރުގެ އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތް ސެޕްޓެންބަރު މަހުގެ 18 ން 25 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން ޓީމް އިވެންޓް އަދި ފިރިހެން ޓީމް އިވެންޓް ވަކިންނެވެ. މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސަރުކާރުގެ އޮފީސް/ ކުންފުނިތަކުން ބައިވެރިވެލައްވާ ކެޓަގަރީ އަދި ބައިވެރިވާ ސަރުކާރުގެ އޮފީސް / ކުންފުނީގެ ފަރާތުން މުބާރާތާބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވައި އެފަރާތެއްގެ ނަން، މަޤާމު އަދި ގުޅޭނެ ނަންބަރު އެނގޭނެގޮތަށް 27 އޮގަސްޓު 2015ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ބެޑްމިނަޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ދެންނެވީމެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށް މިއެސޯސިއޭޝަނުގެ ފޯނު ނަންބަރު:3314057 އަށް ގުޅުއްވުން އެދެމެވެ.                                          

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ