ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނާޑު މަސްޖިދުއްޞިއްދީޤުގެ ބައެއް މަރާމާތުކުރުމާއި ވަށާފާރު ރޭނުން އަދި ކަނބުރާ މިސްކިތުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

ފުނާޑު މަސްޖިދުއްޞިއްދީޤުގެ ބައެއް މަރާމާތުކުރުމާއި ވަށާފާރު ރޭނުން އަދި ކަނބުރާ މިސްކިތުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

ނަންބަރު IUL)443-CO/443/2015/46)ފ(02 އޮގަސްޓް 2015) އިޢުލާނާ ގުޅޭ:

ޙަވާލާދެވިފައިވާ އިޢުލާނާ ގުޅިގެން ކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ފުނާޑު މަސްޖިދުއްޞިއްދީޤުގެ ބައެއް މަރާމާތު ކުރުމާއި ވަށާފާރު ރޭނުން އަދި ކަނބުރާ މިސްކިތުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮގަސްޓް 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

01 ޛުލްޤަޢިދާ 1436    

16 އޮގަސްޓް 2015
ހޯދާ