ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން

މިއިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިއު އާ އެއްގޮތަށް ޕްރީސްކޫލް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު IUL)387/387/2015/45)ފ(20 ޖުލައި 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޮގަސްޓު 2015 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮގަސްޓު 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސްރޫޢުގެ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓު 2015 އިން 20 އޮގަސްޓު 2015 އަށް ރަސްމީގަޑީގައި މިއިދާރާއިންނެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/5 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ.

ޕޮއިންޓް ދޭނެ އުސޫލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

85%

  • މަސައްކަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކް  އަގު ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

5%

  • ހަވާލުކުރެވޭ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ މުއްދަތު
  • މާކްސް ދެވޭނީ ޕްރީސްކޫލް އިމާރާތް އަލިއްލަ ތަކެތީގައި ކޮށްދިނުމަށް ހުށަހަޅާ އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތް ނިންމުމަށް އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް

(Submitted years of experience /  Benchmark  years) x Allocated Percentage

ތަޖުރިބާ

10%

  • ތަޖުރިބާ ހުރިކަން ބެލުމުގައި ބެލެވޭނީ އިމާރާތް ކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށެވެ.
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ޢިމާރާތް ކުރުމުގެ މަސައްކަތާއި، އެކަމާ ގުޅުންހުރި މަސައްކަތް ކުރުމުގެ ދާއިރާއިން އެންމެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޢިމާރާތްކުރުމުގެ މަސައްކަތާއި، އެފަދަ މަސައްކަތާ ގުޅުންހުރި ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތަކަށެވެ.

(Submitted years of experience / Benchmark  years) x Allocated Percentage

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015
ހޯދާ