ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކެއުމާއި ސައި ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީން އިންތިޒާމު ކޮށްގެން ހުޅުމާލެ ހާވްފޭހައުސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ކަރިޓާރސް ޓްރެއިނިންގ' ގެ ބައިވެރިންނަށް ކެއުމާއި ސައި ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

20 އޮގަސްޓް 2015

ބުރާސްފަތި

14:00 (މެންދުރުފަހު)

އަންދާސީހިސާބު ހުށަހެޅުއްވުން

25 އޮގަސްޓް 2015

އަންގާރަ

14:00 (މެންދުރުފަހު)

27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ