ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ ހިންގުމަށް ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ޓްރެއިނިންގ ހިންގުމަށް ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ޓްރެއިނިންގ ހޯލަކާއެކު ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އޮތޯރިޓީގެ ނަންބަރު IUL)450-CA/1/2015/15)ފ(29 ޖުލައި 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، 23 އޮގަސްޓު 2015 ން 1 ސެޕްޓެންބަރު 2015 އަށް (ޖުމްލަ 8 ދުވަހަށް) ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްޓަކައި ތިރީގައި މިވާ މަޢުލޫމާތާ އެއްގޮތަށް ޓްރެއިނިންގ ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ހޯލް:

  • ތަމްރީނު ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ދުވަސްތައް:  23 އޮގަސްޓު 2015 އިން 1 ސެޕްޓެންބަރު 2015 (8 ދުވަސް)

    23، 24، 25، 26، 27، 30، 31 އޮގަސްޓު އަދި 1 ސެޕްޓެންބަރު

  • ވަގުތު: 8:00 އިން 1:00 (5 ގަޑިއިރު) އަށް.
  • 2 މައިކު އަދި ސައުންޑް ސިސްޓަމާއެކު، ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަން ކުރިޔަށް ގެންދެވޭނެ ފަދަ ގޮތަކަށް ހުންނަ ތަނަކަށް ވާންޖެހޭނެއެވެ.
  • 45 މީހުންނަށް އެކޮމަޑޭޓްކުރެވޭ ވަރަށް މޭޒާއި ގޮނޑި ހުންނަންވާނެއެވެ.
  • ބައިވެރިންގެ އަދަދު: 45 މީހުން.

ކޭޓަރިންގ:

  • 8 ދުވަހުގެ ހެނދުނުގެ ސައި އަދި މެންދުރުގެ ކެއުން 45 މީހުންނަށް ސަރވިސްއާއެކު ފޯރުކޮށްދިނުން. 

ޕްރޮޕޯޒަލް/އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:

  • މަސައްކަތުގެ އަގު (މަތީގައިވާ ދުވަސްތަކަށް ހޯލް ކޮންފޮމޭޝަނާއެކު)
  • އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް (ރަޖިސްޓްރޭޝަން އަދި ޖީއެސްޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) އަމިއްލަ ފަރާތެއްނަމަ އައި.ޑީކާޑުގެ ކޮޕީ
  • މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުމަށް

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

13 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ