މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / ސެކްޝަން / ޔުނިޓް

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ / އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

 

 

 

ތަޢުލީމާއި، ތަޖުރިބާ

1. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

1. ރަށުގެ ބަނދަރާއި، މަގުމަގާއި ގޯޅިތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާ ތަކެތި ނަގުވައި، އެތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ރާވައި ހިންގުން.

2. އެކިއެކި ބޭނުންތަކަށް ރަށުން ބިންދޫކުރުމާ ބެހޭ ގޮތުން އިދާރާއިން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތްތައް ކުރުމާއެކު، ބިމުގެ ދަފްތަރު ބެލެހެއްޓުން.

3. ގޯތީގެ ރަޖިސްޓަރީއާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދީ ބެލެހެއްޓުން.

4. ރަށުގެ ބަނދަރާއި، މަގުމަގާއި ގޯޅިތަކާއި، އިޖުތިމާޢީ ސަރަޙައްދުތައް ރޭގަނޑު ދިއްލުމުގެ އިންތިޒާމުތައް ރާވައި ހިންގުން.

5. ރަށްވެހީންގެ ރަޖިސްޓަރީ ހަދައިދީ، ގޭގޭގެ މީހުންގެ ރަޖިސްޓަރީ ފޮތް އަޕްޑޭޓްކޮށް ބެލެހެއްޓުން.

6. އެއްބުރިއަށްވުރެ މައްޗަށް ޢިމާރާތްކުރުމުގެ ހުއްދަ ހޯދުމަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކޮށް ބެލެހެއްޓުން.

7. ރަށުގެ ޤަބުރަސްތާނު ވިނަނޮޅާ ސާފުކުރުމުގެ އިންތިޒާމްތައް ރާވައި ހިންގުން.

8. އެކިއެކި ބޭނުންތަކަށް ރަށަށް ގެނެވޭ ބިދޭސީންނާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއެކު، ބިދޭސީންގެ ދަފްތަރު ހަދައި ބެލެހެއްޓުން.

9. ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވައި، ބެލެހެއްޓުން.

10. މަގުމަގާއި، ގޯޅިއަށް އަރާ ރުއްގަހުގެ ބަދަލުގެ މައްސަލަތައް ލިޔެ، ބެލެހެއްޓުން.

11. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާއި، އެފަދަ ތަކެތީގެ ސަލާމަތާބެހޭ ސެޓްފިކެޓް ނުވަތަ ރޯޑްވާދިނަސް ހެދުމާ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކޮށް ބެލެހެއްޓުން.

12. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސ ބެހޭގޮތުން އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކޮށް ބެލެހެއްޓުން.

13. އިދާރާއިން ތަޙްޤީޤުކުރާ މައްސަލަތަކުގެ ބަޔާންތައް ލިޔެ، ބެލެހެއްޓުން.

14. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި، ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2015 އޯގަސްޓް 24 އާއި 2015 އޯގަސްޓް 26 އާ ދެމެދު މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6540046 ނަންބަރު ފޯނާއެވެ.

26 ޝައްޥާލް 1436
11 އޮގަސްޓް 2015
ހޯދާ