ވޭވަށު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމް އޮތް އޮފީސް

ވޭވަށު ސުކޫލް

ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ވޭވަށު ސުކޫލް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ސްކޫލުގެ ހޯލާއި އިމާރާތްތައް ފޮޅައި ސާފުކުރުމާއި، ދަރިވަރުންގެ ފާޚާނާއާއި، މުވައްޒަފުންގެ ފާޚާނާސާފުކޮށް ބެލެހެއްޓުން.
  2. ބޯފެން ތާނގީއާއި، ސްކޫލުގެ ފުރާޅާއި، ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.
  3. ސްކޫލުން އަންގާގޮތެއްގެމަތިން އެހެން އޮފީސްތަކަށް އެހީތެރިކަން ދިނުން.
  4. ސްކޫލުގެ ގޯތިތެރޭގައިވާ ރުއްގަސް ބެލެހެއްޓުން.
  5. މުހިންމު ބައްދަލުވުންތަކާއި ޖަލްސާތަކަށް ތަން ތައްޔާރުކުރުމާއި، އަންގަންޖެހޭ އެންގުންތައް، އަންގަންޖެހޭ ފަރާތްތަކަތް އެންގުން.
  6. ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި، ކޯޑް އޮފް ކޮންޑަކްޓަށް ތަބާވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެއަށް ޢަމަލްކުރުން.

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

އެސް.އެސް. 1

ސަޕޯޓް ސްޓާފް ގްރޭޑް 1

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

3100.00

1000.00

އެހެނިހެން ޢިނާޔާތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ  ޢިނާޔަތުގެ ފައިސާ ފަދަ ސިވިލް ސާރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތާއި، ޕްރޮފެޝަނަލް މަޢުލޫމާތު.
  • ފަންނީ ޤާބިލްކަން.
  • މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތްކުރުން.
  • ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަން.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި، ޕްރެކްޓިކަލްސް އާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު އޮންނާނީ، 2015 އޮގަސްޓު 26 ގައި ވޭވަށު ސުކޫލުގައި (އިންޓަވިއު އޮންނަ ގަޑި، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  4. ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ، ތަޢުލީމީ ސެޓްފިކެޓް ނުވަތަ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ. ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް އެކްރެޑިޓްކޮށްފައި ނުވިނަމަވެސް، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ރަގަނޅަށް ކިޔަށް އެނގޭ ކޮޕީއެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމު  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ވޭވަށު ސްކޫލަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީ މެއިލުން ވެސް ހުށަހެޅިދާނެއެވެ. އީމެއިލުންނަމަ: [email protected]  އަށް މެއިލް ކުރުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7952906 ނަންބަރު ފޯނަށެވެ.

26 ޝައްޥާލް 1436

11 އޮގަސްޓް 2015
ހޯދާ