މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އއ. ތޮއްޑޫގައި ހިންގޭ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

އއ. ތޮއްޑޫގައި ހިންގޭ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާބެހޭ

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އއ. ތޮއްޑޫގައި ހިންގޭ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި؛ "Developing Water Resource Management plan in aa. Thoddoo" ޖެއްސެވުމަށްފަހު، ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި ތިރީގައިވާގޮތަށް އެޑްރެސްކޮށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

މި މަސައްކަތާ ގުޅޭ ތަފުސީލުތައް އެކުލެވޭ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އަޅުގަނޑުމެންގެ ވެބްސައިޓް www.environment.gov.mv އިން ފެންނަން ހުންނާނެ ވާހަކަ ދެންނެވީމެވެ.

06 އޮގަސްޓް 2015
ހޯދާ