ސިވިލް ކޯޓު
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މިކޯޓަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކޯޓުގެ ނަންބަރު A3/2015/329-ފ144 (15 ޖުލައި 2015) އިޢުލާނާ ގުޅިގެން ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓުގެ ޢިމާރާތުގައި އަމިއްލަ ތަކެތީގައި މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް ކައުންޓަރެއް ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެދި ހުށަހަޅާފައިވާ އަންދާސީހިސާބުތަކަކީ ދެއްވި މަޢުލޫމާތާ އެއްގޮތަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކަކަށް ނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓު (ކުރީގެ އެސްޓީއޯ ބިލްޑިންގ) ގެ ގްރައުންޑް ފްލޯގައިހުންނަ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:30އަށް ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުންނަ ސިވިލްކޯޓު (ކުރީގެ އެސްޓީއޯ ބިލްޑިންގ) ގެ ގްރައުންޑް ފްލޯގައިހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

17 ޝައްވާލު 1436

02 އޮގަސްޓް 2015
ހޯދާ